ފާއިތުވި 48 ގަޑިއިރުތެރޭ މާލެ އާއި ހުޅުމާލޭގެ މަގުތަކުން 100 އުޅަނދު ޓޯކޮށްފިއެވެ
ފުލުހުން ޢާއްމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން މާލޭގެ މަގުތަކުގައި ޢާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުތެރޭ މާލެއިން ޖުމުލަ 62 އުޅަނދު ޓޯކޮށްފައިވެއެވެ. އެއީ 60 ދެ ފޮރޮޅުލީ އުޅަނދާއި 2 ހަތަރު ފުރޮޅުލީ އުޅަނދެވެ.
މާލޭގެ އިތުރުން ހުޅުމާލެއިންވެސް އެ ވަގުތުގެ ތެރޭގައި 38 ދެ ފުރޮޅުލީ އުޅަނދު ޓޯކޮށްފައިވެއެވެ.
މި އުޅަނދުތަކުގެ ތެރެއިން 12 އުޅަނދެއް ވަނީ ޖޫރިމަނާކޮށްފައެވެ.
މާލެ ސަރަޙައްދުގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކްކުރާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި އެގޮތުން، ދެފުރޮޅުލީ އުޅަނދު ޤަވާއިދާ ޚިލާފަށް ޕާކްކުރުން އިތުރުކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، ޢާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ މިފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ޚިޔާލު ފާޅުކުރޭ